މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޖުލައި 15ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ...

16 Jul 2018 | 04:24

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކ. މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޖުލައި 15ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ އަންހެނެއް ކަމަށެވެ.  މާފުށި ޖަލު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު މިއަންހެން މީހާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް