ލ. ގަމު ވަލުތެރޭން ބަނގުރާ ކޭހެއް ހޯދައިފި

ލ. ގަމު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ވަލުތެރެއިން ބަނގުރާ ކޭހެއް ހޯދައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަ...

16 Jun 2019 | 15:31

ލ. ގަމު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ވަލުތެރެއިން ބަނގުރާ ކޭހެއް ހޯދައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ 12 ވަނަ ދުވަހުގެ 10:00 ހާއިރު ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެރަށު އިންޖީނުގެއާ ދިމާ ވަލުތެރޭގައި ފޮރުވާފައިހުރި ފޮށިގަނޑެއްގެ ތެރެއިން 36 ފުޅި ބަނގުރާ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް