ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ. މި މައްސަލަ އހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެ...

16 Jun 2019 | 15:20

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ. މި މައްސަލަ އހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެންނެވެ.

މި މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ކޮން ފަރާތަކުން ކަން ސާފެއްނުވެއެވެ. ނަމަވެސް ހުށަހަޅާފައިވަނީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ދެކޮޅަށް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅާފައިވާއިރު ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާއި ގުޅިގެން އެ ފަނޑިޔާރު ސަސްޕެންޑް ކުރަންވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފައެވެ. އެހެން ނަމަވެސް ޖޭއެސްސީން ފަހުން ބުނެފައިވަނީ ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކުރި ނަމަވެސް ފަނޑިޔާރުގެ ސަސްޕެންސަން ދެމި އޮންނާނެ ކަމަށެވެ.

ފެބްރުއަރީ އެކެއްގައި އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް އެ އަމުރު ތަންފީޒުކޮށްފައެއް ނުވެއެވެ. ސިޔާސީ ބޭނުމަށް ހައްޔަރުކޮށްފައިވާ 13 ބޭފުޅަކު ދޫކޮށްލައި މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެމްބަރުންގެ ގޮނޑި އަނބުރާ އިއާދަވާގޮތަށް ނެރުނު އެ އަމުރު ތަންފީޒުކޮށްފައި ނުވާއިރު އެ އަމުރާއި ގުޅިގެން ހިންގި ތަހުގީގުތަކެއްގައި އޭރުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއެވެ. އަދި އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ނިންމާ އަމުރެއް ނެރެފައިވަނީ މިހާރު ތިއްބެވި ތިން ފަނޑިޔާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް