ދެ ލޯބިވެރިއަކު ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގޮސް ބެލި އިރު އަންހެން މީހާއަށް އަނިޔާވެފައިވާތީ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފިރިހެން މީހާގެ އުމުރަކީ 34 އަހަރެވެ. ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާގެ އުމުރަކީ 29 އަހަރެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައަކީ އިއްޔެ ހެނދުނު 07:20 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. ދެމީހަކު މާރާމާރީ ހިންގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން ގޮސް ބެލިއިރު އެއީ ރައްޓެވިގެން އުޅުނު ދެމީހުން ދެމެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.
"އަންހެން މީހާ އަތާއި ބޮލުގައި އަނިޔާ ފެންނަން ހުރި، ފުލުހުން ވަނީ އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފިރިހެން މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް