ޝިމާ ގެއްލުނު މައްސަލަ އާއި ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލައާއި ގަމުގައި މެދު އުމުރުގެ މީހަކު ރަހީނު ކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ފަޒީލްގެ މައްޗަށް، މީގެން އެއް މައްސަލައެއްގައި ދައުވާ ކުރަން ފޮނުވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަތަކުގެ ތެރެއިން މިއަދު ޕީޖީއަށް ފޮނުވާފައިވަނީ 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު ކަމުގެ މައްސަލައެވެ.
އެ މައްސަލައަކީ މިދިޔަ މަހުގެ ދެވަނަ ދުވަހު އުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8900ރ ފޭރުނު މައްސައެވެ. ފުލުހުން މި މައްސަލާގައި ތިން މީހުން ހައްޔަރު ކޮއްފައިވަނީ ރުފިޔާ ފޭރުމަށް ފަހު އަނެއްކާ އޭނާއަށް ބިރުދައްކާ އަލުން ފައިސާ އަތުލަންއުޅެނިކޮށެވެ. އަދި ފަޒީލް ހައްޔަރު ކޮއްފައިވަނީ ފިލައިގެން އުޅެނިކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ހުޅުމާލެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް