ދިވެހި އަންހެން ކުއްޖެއްގެ ވާހަކަ: އިންނަން ބޭނުންވަނީ ޓެކްސީ ޑްރައިވަރަކާ

ވަރަށް އަވަހަށް ތަނަކަށް ދިއުމަށް އަހަރެން މަޖީދީމަގަށް ނިކުތީ ޓެކްސީއެއް ހޯދުމުގެ ބޭނުމުގައެވެ. އޭރު މަގުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ކުއްޖަކާއި އަހަރެންނާ ދިމާވިއެވެ. އަހަރެން ދެ ފަހަރަކު ...

16 Jun 2019 | 10:11

ވަރަށް އަވަހަށް ތަނަކަށް ދިއުމަށް އަހަރެން މަޖީދީމަގަށް ނިކުތީ ޓެކްސީއެއް ހޯދުމުގެ ބޭނުމުގައެވެ. އޭރު މަގުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ކުއްޖަކާއި އަހަރެންނާ ދިމާވިއެވެ. އަހަރެން ދެ ފަހަރަކު ޓެކްސީ އަކަށް އަތް ނެގުމުން އެކުއްޖާ އަހަރެން ކައިރީ މަޑުކޮށްލިއެވެ.

އަހަރެންނަށް ބަލައިލުމަށްފަހު ތިހުރީ ޓެކްސީއެއް ލިބޭތޯހޭ އަހައިލިއެވެ. އަހަރެން ބޯ ޖަހައިލުމުން އެކުއްޖާގެ ރުޅިގަނޑު ދިޔައީ ފަޅައިގެންނެނެވެ. އެއްގޮތަކަށް ވެސް އަހަރެން އެތާ ހުރުމުން ނުވަތަ ޓެކްސީ އަށް އަތް ނަގަމުން ދާތީއެއް ނޫނެވެ. އެ ކުއްޖާ ރުޅި އައި ސަބަބު އަހަރެންނަށް ކިޔައިދިނެވެ.

"މިތާ ހުންނަތާ ބައިގަޑިއިރު ވެއްޖެ... ފެހި ކޮށްގެން ހުހަށް ދާއިރުވެސް އެދަނީ އަޅާނުލާ... ރަތްކޮށްގެން ހުހަށްވެސް އެބަ ދޭ... މަޑުކޮށްފަ ކޮންތާކަށް ދާންހޭ އަހާފަ އަޅާވެސް ނުލާ އެބަ ދޭ... ގަޑިއަކަށް ތަނަކަށް ދާން ވެގެންނޭ މިހިރީ ގެއިން ނިކުމެ... މަ ހުވާ ބޭނުންވަނީ ޓެކްސީ ޑްރައިވަރަކާ އިންނަން" އަހަރެން އެއްޗެއް ނުބުނެ އުޅެނިކޮށް އެކުއްޖާ ކިޔައިދިނެވެ. އެންމެ ފަހުން ބުނި ޖުމްލަ އިވިގެން އަހަރެން ސުވާލު ކޮށްލީމެވެ.

އެ ކުއްޖާ ކިޔައިދިން ގޮތުގައި، ޓެކްސީ ޑްރައިވަރަކާއި ނޫނީ ކައިވެނި ނުކުރަން ހުންނަތާ ވަރަށް ދުވަސް ވެއްޖެއެވެ. ނަމަވެސް އަދި އެނަސީބެއް ނުލިބެއެވެ. ދާން ބޭނުންވާ ތަންތަނަށް ފަސޭހައިން ދެވޭނީ އެއިރުން ކަމަށް އެކުއްޖާ ބުންޏެވެ. ގަޑި ދެގަޑިއިރު ވަންދެން މިގޮތަށް އަތް ނަގަނަގާ އަވީގައި ހުންނަން ނުޖެހޭނެ ކަމަށާއި، ޓެކްސީއެއް ލިބޭތޯ ސެންޓަރަށް ގުޅައިގެން އެތައް އިރަކު ލައިނުގައި އިންނަން ވެސް ނުޖެހޭނެ ކަމަށް އެކުއްޖާ ބުންޏެވެ.

އެ ވާހަކަތައް އަޑު އަހާފައި އަހަރެން ވިސްނައިލީމެވެ. ހަގީގަތުގައި އެކުއްޖާގެ ވާހަކަ މުޅިއަކުން ދޮގެއް ވެސް ނޫނެވެ. ޓެކްސީ ޑްރައިވަރުން ގަވާއިދާ ހިލާފަށް ދުއްވާ ދުއްވުމާއި، ޓެކްސީ އެއް ހޯދަން އުނދަގޫ ވުން ފަދަ ކަންކަމަކީ ކޮންމެ ދުވަހަކު ކަހަލައިން އެތައް ބަޔަކު ދައްކާ ވާހަކަތަކެކެވެ. ޓެކްސީ ޑްރައިވަރުންނާއި މެދު އާންމުން ކުރާ ޝަކުވާތައް ވަރަށް ގިނައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް