ދަރުމަވަންތަ ސުކޫލުގެ ހުރިހާ ކްލާސްރޫމެއްގައި އެޑިއުކޭޝަން މިނިސްޓްރީން އެއަރ ކޮންޑިޝަނަރ ހަރުކޮށްފިއެވެ.
ދަރުމަވަންތަ ސުކޫލުގެ ކުލާސްރޫމުތައް އޭސީ ކުރީ، ކްލާސްރޫމުތައް ހޫނުވެ ކުދިންނަށް އެކިކަހަލަ ބަލިތައް ޖެހޭތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، ކްލާސްރޫމުތައް އޭސީ ކުރުމުގެ ސަބަބުން ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެ، އެކުދިންނަށް ފަސޭހަ މާހައުލަކު މިހާރު ކިޔެވޭނެ ކަމުގައެވެ.
މި ސުކޫލުގައި އޭސީ ހަރުކުރަން މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހު ފަށާފައިވާއިރު، އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ މިކަމަށް ވަނީ ޚަރަދުވެފައެވެ.
އެސްޓީއޯ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގައި އެ ސުކޫލުގެ 16 ކްލާސްރޫމް ވަނީ އޭސީ ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ މިއަދު ވަނީ ދަރުމަވަންތަ ސުކޫލަށް ވަޑައިގެން އެސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް