އަންނަ ޖުލައި މަސްތެރޭ ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށާނެ ކަމަށް ޓްރާންޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރ ހިދާޔާ ނަސީރު ހާމަކުރެއްވި ގޮތުގައި ޓެކްސީ ހިދުމަތަށް ބޭނުންކުރާނެ އެޕްލިކޭޝަން ހަދަން ޕްރޮޕޯޒަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، އެ މުއްދަތު ހަމަވުމުން ޕްރޮޕޯޒަލްތައް ބަލައި ރަނގަޅު އެޕްލިކޭޝަނެއް ހޮވާނެއެވެ.
"އަންނަ މަސް ތެރޭގައި ޓެކްސީ މީޓަރުގެ އަގުތައް އިއުލާނުކުރާނަން. ދެން ޓެކްސީގައި މީޓަރު ބޭނުންކޮށްގެން ދުއްވަން ފަށާނީ އަންނަ މަހުގެ ފަހުކޮޅުން ފެށިގެން" ހިދާޔާ ވިދާޅުވި އެވެ.
މިނިސްޓްރީން މިހާރު ވަނީ ޓެކްސީ މީޓަރުގެ އަގުތައް ވެސް ކަނޑައަޅައިފަ އެވެ. ރޯދައިގެ ފަހުން އަގުތައް އިއުލާނުކުރާނެ ކަމަށް ކުރިން ބުނެފައިވެ އެވެ. ނަމަވެސް ހިދާޔާ ވިދާޅުވީ އެޕްލިކޭޝަންގެ މައުލޫމާތުތަކާއެކު އަގުތައް އިއުލާނުކުރާނީ އަންނަ މަހު ކަމަށެވެ.
މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް