އީސިމް ޓެކްނޮލޮޖީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އުރީދޫއިން ތައާރަފްކޮށްފި

ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ޓެކްނޮލޮޖީތައް ދިވެހިންނަށް ތައާރަފްކޮށްދިނުމަށް ފެށުނީއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ...

16 Jun 2019 | 05:56

ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ޓެކްނޮލޮޖީތައް ދިވެހިންނަށް ތައާރަފްކޮށްދިނުމަށް ފެށުނީއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމްގެ ޚިދުމަތް އުރީދޫއިން މިއަދު ފޯރުކޮށްދޭން ފަށައިފިއެވެ.

ރާއްޖޭއަށް މުޅިން އަލަށް އީސިމްގެ ޚިދުމަތް ތައާރަފްކޮށްދީފައި ވަނީ، އުރީދޫ އިން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ޓުއަރިޒަމް، އޮނަރަބަލް އަލީ ވަހީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން އެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ސިމް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުން ފޯރުކޮށްދީފައިވާ އިރު، އީސިމްގެ ޚިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ވެސް ޚިޔާރު ކުރެއްވޭނެއެވެ. މަދު ގައުމެއްގައި މިހާތަނަށް ތައާރަފްކުރެވިފައިވާ މި ޚިދުމަތް އަދި ބޭނުން ކުރެވޭނީ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ، އެންމެ ފަހުގެ ފޯނުތަކުގައި އެކަންޏެވެ. މީގެތެރޭގައި، އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އަދި ގޫގުލް ޕިކްސެލް 3 ހިމެނެއެވެ.

މިހާރު ބޭނުންކުރާ ޕްލާސްޓިކް ސިމްގެ ބަދަލުގައި، އީސިމް އަކީ ސްމާޓްފޯނަށް އިންސްޓޯލް ކޮށްލެވޭ ޑިޖިޓަލް ސިމްކާޑެކެވެ. މި އިލެކްޓްރޯނިކް ސިމް ކާޑު މެދުވެރިކޮށް، ކޮންމެ ފޯނެއްގައިވެސް 9 ނަމްބަރު ބޭނުންކުރެވޭނެއެވެ. އަމިއްލަ ބޭނުމަށާއި ވިޔަފާރި ކުރުމަށް ގިނަ ނަމްބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް، މި ޚިދުމަތުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

"ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ޚާއްޞަ އިސްކަމެއްދީ، އުރީދޫ އިން އަބަދުވެސް ވަނީ އިސް ދައުރެއް އަދާކޮށްފައި. މިގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމްގެ ޚިދުމަތް ބޭނުންކުރުމަށް އުރީދޫގެ ކަސްޓަމަރުންނަށް ފުރުސަތުދީ، އެންމެ ފޯނެއްގައި އެތައް ނަންބަރުތަކެއް ބޭނުންކޮށްލުމުގެ ފަސޭހަ ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތުގެ ސަބަބުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އެތަށް މިލިއަން ޓުއަރިސްޓުންގެ ދަތުރު ފެށުމުގެ ކުރިންވެސް އުރީދޫ ޓުއަރިސްޓް ސިމެއް ބައްލަވައިގަނެ، ރާއްޖޭގައި ފްލައިޓް ޖެއްސުމާއި އެކު ނަމްބަރު އެކްޓިވޭޓް ކޮށްލުމަށް މަގުފަހިވޭ. އަޅުގަނޑުމެންގެ އީސިމްގެ ޚިދުމަތް ފުޅާވެގެންދާއިރު، ޑިޖިޓަލް ރާއްޖެއެއްގައި އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވެދީ، ޑިޖިޓަލް މުސްތަޤުބަލެއްގައި ބައިވެރިވުމަށް އިތުރަށް ތައްޔާރުވެވޭނެ." އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އީސިމް ޚިދުމަތާއި އެކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް އުރީދޫ ނަމްބަރެއް ނަގައި ފަސޭހަކަމާއި އެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ. ޚިދުމަތް ހޯއްދެވުމަށް:

  1. 1. އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައިވާ، އީސިމް ޕޭޖަށް ޒިޔާރަތް ކުރައްވާ
  2. 2. ބޭނުންވާ ޕްލޭން ޚިޔާރުކުރައްވާ
  3. 3. ފޯން ނަމްބަރު ރަޖިސްޓަރީ ކުރައްވާ
  4. 4. އޮންލައިންކޮށް ފައިސާ ދައްކަވާ
  5. 5. ލިބިލައްވާ ކޮންފަމޭޝަން އެސް.އެމް.އެސް ގައިވާ ކިއު.އާރް ކޯޑު ސްކޭންކުރުމަށްފަހު، އީސިމް އެކްޓިވޭޓްކޮށް، ޚިދުމަތް ބޭނުން ކުރަން ފައްޓަވާ

ކުރިއަތް އޮތްތަނުގައިވެސް އުރީދޫއިން މަސައްކަތް ކުރަމުންދާނީ ފަހުގެ އީޖާދީ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށެވެ. އުރީދޫގެ އީސިމް ޚިދުމަތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނުވަތަ އީސިމް ބައްލަވައިގަތުމަށް،http://ore.do/oesim  އަށް ޒިޔާރަތް ކުރައްވާށެވެ.

[contentcards url="https://www.ooredoo.mv/webapps/esim/public/" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް