ހަލިމަގުގައި ޕިކަޕެއް މައިތިރިނުވެގޮސް ސަރުމާރިތައް ފަޅާލާފައި ގޮސް ބަހެއްގައި ޖެހި މައިތިރިވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފަޅައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައ...

16 Jun 2019 | 05:19

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފަޅައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 02:14 ހާއިރުގައެވެ. ޕިކަޕުގެ ދެ ދެ ފުރޮޅު ފަޅައިގެންގޮސް މައިތިރި ނުވެގޮސް ހަލިމަގުގެ ސަރުމާރިތައް ފަޅައިގެންގޮސް ޕިކަޕު މައިތިރިވީ ބަހެއްގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ޕިކަޕް ދުއްވަން އިން މީހާ އަކީ ލައިންސަންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިމަހުގެ ކުރީކޮޅުގައިވެސް ހަމަ މިފަދަ އެކްސިޑެންޓެއް ހަލިމަގުގައި ހިނގާފައިވެއެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް