ވޯލްޑް ކަޕަށް މުޅިން އަލަށް ކޮލިފައިވި އައިސްލޭންޑުން، ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލާ އާޖެންޓީނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ގްރޫޕް ޑީ ގައި މިރޭ މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މިރޭގެ މެޗު އެއްވަރު ވެފައިވަނިކޮށް، ނަތީޖާ އާޖެންޓީނާގެ ކޮޅަށް އަނބުރާލަން ލިބުނު ޕެނަލްޓީ، އެ ޓީމުގެ ތަރި ލިއޮނަލް މެސީއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން، އެ ޕެނަލްޓީ ސަލާމަތްކުރި އައިސްލޭންޑްގެ ގޯލްކީޕަރ ހަލްޑޮސަން ވެފައިވަނީ އެ ގައުމަށް ހީރޯ އަކަށެވެ.
މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އާޖެންޓީނާގެ ހަމައެކަނި ލަނޑަކީ 19 ވަނަ މިނިޓުގައި ކުން އަގުއޭރޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
އޭނާ ލަނޑު ޖެހިތާ 4 މިނިޓުގެ ތެރޭގައި އައިސްލޭންޑްގެ ފިންބޮގަސަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި ނަތީޖާއަކީ އާޖެންޓީނާއަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ގްރޫޕް އޮފް ޑެތު ގެ ގޮތުގައި ސިފަކުރާ ގްރޫޕްގައި އާޖެންޓީނާއަށް ދެން ވާދަކުރަން ޖެހޭނީ އެފްރިކާގެ ވަރުގަދަ ނައިޖީރިއާ އާއި ކްރޮއޭޝިޔާ އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް