މާލޭގައި ކަފިހި ހުރަސްމަތިން އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 12:17 ހާއިރު މަޖީދީ މަގު ޑިލައިޓް ފިހާރަ ކައިރި ކަފިހި ހުރަސް މަތިން ކަމަށެވެ.
"ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި 26 އަހަރުގެ އަންހެނެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ސައިކަލު ދުއްވި މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށާއި މި އެކްސިޑެންޓްގައި އަންހެން މީހާގެ ގައިގާ ސައިކަލުން ޖެހުމުގެ ސަބަބުން ކަކުލާ ދިމާލަށް ތަދުވި ކަމަށެވެ. އަދި ސައިކަލު ދުއްވި 29 އަހަރުގެ މީހާއަށް އެއްވެސް އަނިޔާއެއް ނުވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް