ހައި އެޗީވާސް ސްކޮލަޝިޕްއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވާރސް ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2018 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތ...

16 May 2019 | 09:35

ހައި އެޗީވާރސް ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2018 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަޝިޕްއަށް ޝަރުތު ހަމަވާ ދަރިވަރުންނަށެވެ.

އެގޮތުން މި ސްކޮލަޝިޕްއަށް ޝަރުތު ހަމަވާނީ ރާއްޖޭގެ ސްކޫލުތަކުގެ މަތީ ސާނަވީ އިމްތިހާން 2018 ވަނަ އަހަރު ފުރިހަމަ ކޮއްފައިވާ ދަރިވަރުންގެ ތެރެއިން މަދުވެގެން ފަސް "އޭ" ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. އަދި މި ފަސް އޭ ފާހުގެ ތެރޭގައި އިސްލާމް އާއި ދިވެހި ހިމެނެންޖެހޭއިރު މި ފާސްތަކުގެ އިތުރުން އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސި ފާހެއްވެސް އޮންނަން ޖެހެއެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖެ، ސާރކްގެ އެހެނިހެން ގައުމުތަށް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސްގެ އިތުރުން ޗައިނާ އަދި އޯއީސީޑީ ގައުމުތަކަށެވެ.

މީގެއިތުރުން މި ސްކޮލާޝިޕްއަށް ހުށަހަޅާއިރު އެކަޑެމިކް ސެޓްފިކެޓްތަކުގެ ކޮޕީ (ދެފުށް ހިމެނޭގޮތަށް)، ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)، ދަރިވަރުގެ ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ، ޔުނިވާރސިޓީ ފީ ސްޓްރަކްޗަރ، އަންކަންޑިޝަނަލް އޮފަރ ލެޓަރ ގެ އިތުރުން ޔުނިވާރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް އަދި ދަރިވަރުގެ އެކައުންޓް ސްލިޕް ހިމަނަން ޖެހެއެވެ. އަދި މި ލިޔުންތަކާއެކު ސިޓީއެއް ފޮނުވުމަށްވަނީ އެދިފައެވެ.

މި ސިޓީ ހުށަހަޅާނީ ވެލާނާގޭ ދެ ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ މި މިނިސްޓްރީގެ އީމެއިލްއަށް  [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. އަދި އީމެއިލް ކުރެއްވުމަށްފަހު އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރެއްވުމަށް 3341461 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

އިތުރު މައުލޫމާތު މި މިނިސްޓްރީގެ ނަންބަރ 3341461/3341383 އިން ލިބޭނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި ސްކޮލަޝިޕްގެ އިތުރު މައުލޫމަތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv  އިން ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް