ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް މުލަކަތޮޅު ދިއްގަރު ޕްރޭމްނަގަރު، މުޙައްމަދު އިޙްސާން އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މުޙައްމަދު އިޙްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ، މިޑްލް ސްކޫލް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އިޙްސާން މިހައިތަނަށް ހުންނެވީ މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރެއްގެ މަގާމުގައެވެ.
އިހްސާނާއެކު އެޑިއުކޭޝަންގައި މިހާރު ތިއްބަވާނީ ޑެޕިއުޓީ ދެ މިނިސްޓަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް