ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ 191 އުދެއްދުމަކުން އިމްޕޯޓް ޑިއުޓީ ކަނޑާލައި އެ ތަކެތީގެ ލިސްޓު ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކެޑުމަށްޓަކައި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) އަށް ގެނުވުނު 15 ވަނަ އިސްލާހާއި ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 10 ޖެނުއަރީ 2019 ވަނަ ދުވަހު ވަނީ ގެޒެޓްކުރެވިފައި ކަމަށެވެ.
" މިގޮތުން މިހާރު އަމަލުކުރަމުންގެންދާ 10 ޖެނުއަރީ 2019 ލިސްޓަށް ގެނެވޭ ފުރަތަމަ އިސްލާހާ އެކު އައު ލިސްޓް ގެޒެޓް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި ބުނެފައިވަނީ މިފަދަ ލިސްޓެއް ޤާއިމް ކުރުމުގެ މަޤްޞަދަކީ ސީދާ ދަނޑުވެރިކަމަށް ގެންނަ ތަކެތި ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދެވި މިކަމުން މިޞިނާޢަތުން ކުރިއެރުން ހޯދުމަށްޓަކައި ކަމަށެވެ. އަދި ދަނޑުވެރިކަމަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި، ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމަށް ކަމަށެވެ.
ލިސްޓް: http://www.gazette.gov.mv/iulaan/download-attachment/13438
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް