ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޭން އީސީއިން ނިންމައިފި

ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލ...

16 May 2019 | 08:34

ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ ޕާޓީ ތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ ކަމަށެވެ. އަދި މި ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަނުން ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޕީޕީއެމްއަށް ފައިސާ ނުދޭން ނިންމާފައިވަނީ އެ ޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް ހުރުމުން އެ ރިޕޯޓް އިސްލާހު ކުރަން ފޮނުވާފައިވުމުން ކަމަށް އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވިއެވެ. އަދި އަހަރީ ރިޕޯޓް އިސްލާހު ކުރުމަށްފަހު ހުށަހެޅުމުން ޕީޕީއެމްއަށް ފައިސާ ދޫކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މީގެއިތުރުން އަކްރަމް ވިދާޅުވެފައިވަނި ޕީޕީއެމުން އެ ޕާޓީގެ އަހަރީ ރިޕޯޓް ފޮނުވާފައިވަނީ އިއްޔެ ކަމަށާއި ރިޕޯޓް އިސްލާހުކުރަން އަންގާފައިވަނީ މިއަދު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް