މޯލްޑިވްސް ގޭހުގައި ހުރި ބޭނުން ނުކުރާ އަދި ބާވެ ހަލާކުވެފައިވާ ވެހިކަލްތަކެއް ވިއްކައިލަން އިއުލާން ކޮށްފިއެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ވަނީ، އެ ވެހިކަލްތައް ނީލަމުގައި ވިއްކައިލަން ބޭނުންވާ ކަމަށެވެ. އެގޮތުން އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން 22 މެއި 2019 ވާ ބުދަ ދުވަހުގެ 10.00 އާއި 12.00 އާ ދެމެދު އެ ކުންފުނީގެ ތިލަފުށީ ޕްލާންޓަށް ވަޑައިގަތުމަށް އެކުންފުނިން އެދެއެވެ. މީގެ އިތުރުން، އެ ކުންފުނީގެ މާލެ ޑިސްޓްރިބިއުޝަން ޔުނިޓްއަށް 23 މެއި 2019 ވާ ބްރާސްފަތި ދުވަހު 10.00 އާއި 12.00 އާ ދެމެދު ވަޑައިގެންވެސް ގަނެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެ ކުންފުނިން ބުނީ، ތަކެތި ގަތުމަށްފަހު 29 މެއި 2019 ވާ ބުދަ ދުވަހުގެ 12:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ދެ ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުމަށް އެދޭކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް