މިދިޔަ މަހު އެކަނި 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮއްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެތެރެ ކޮއްފައިވާ މުދަލުގެ ނިސްބަތް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް އިތުރުވެފައެވެ.
އެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮއްފައިވަނީ ޔޫއޭއީ އިން ކަމަށް ވާއިރު ދެވަނައަށް އެންމެ ގިނަ މުދާ އެތެރެ ކޮއްފައިވަނީ ޗައިނާ އިންނެވެ. އަދި ތިންވަނަ އަށް ސިންގަޕޫރުންނެވެ.
މީގެއިތުރުން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮއްފައިވާ މުދަލަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު 324 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮއްފައެވެ. އަދި އިމްޕޯޓް އެކްސްޕޯޓުން ލިބިފައިވާ އާމްދަނީއަށް ބަލާއިރު މިދިޔަ މަހު ވަނީ 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް