އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މި މަގާމަށް އައްޔަންކުރައްވާފައިވަނީ ރ.ކަނދޮޅުދޫ ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅެވެ. މި މަގާމަށް އަޙުމަދު މުޙައްމަދުފުޅު އައްޔަންކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އަޙްމަދު މުޙައްމަދުފުޅު އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ މަޤާމުގައެވެ. އަދި އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން އަޙްމަދު މުޙައްމަދުފުޅަކީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަނުގެ މެމްބަރެއްވެސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް