އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް ދޭނީ

މާލޭގައި ހިންގާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ދޭން ފަށައިފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ހަފްތާގެ ތެރޭގައި ޖުމްލަ 16 ...

16 May 2019 | 07:32

މާލޭގައި ހިންގާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ދޭން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ހަފްތާގެ ތެރޭގައި ޖުމްލަ 16 ކައުންސިލަކަށް ލިބެންޖެހޭ ބާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައި ވާނެ ކަމަށެވެ. މީގެ އިތުރުން ފައިސާ ޖަމާނުކޮށްދެވި ހުރި ކައުންސިލަތަކަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މާލޭގައި ހިންގަމުން އަންނަ އަތޮޅު ފިހާރަތަކަކީ އަތޮޅު ކައުންސިލްތަކަށް ކުލީގެ 50 އިންސައްތަ ލިބޭގޮތަށް ކުއްޔަށް ދީފައިވާ ތަންތަނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އަތޮޅު ކައުންސިލް ތަކަށް ފައިސާ ލިބޭނެ ގޮތްތައް ވަރަށް މަދުކަމަށާއި، އަތޮޅު ފިހާރަ ތަކަކީ މުހިންމު ވަސީލަތެއް ކަމަށެވެ. މީގެ އިތުރުން ކައުންސިލްތައް ބާރުވެރި ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބާރުވެރި ކުރުވުމުގެ އެންމެ މުހިންމު ބަޔަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށްވުން ކަމުގައެވެ. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް ކަމަށާއި، ނުލިބި ހުރި ފައިސާ ދޭން ފެށީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ދޭން މި ފެށީ ހަތަރު އަހަރު ފަހުންނެވެ. އެންމެ ފަހުން މި ފައިސާ ޖަމާކޮށްފައި ވަނީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް