މޯލްޑިވްސް ގޭހުން ބެކްއަޕް ގޭސް ސިލިންޑަރެއް ގަނެގެން ކޮންމެ ހަފްތާއަކު ލުއި ފުޅި އަކާއި 10 ކިލޯގެ ގޭސް ލިބުމުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް ގޭހުން ބުނީ، ބެކަޕް ސިލިންޑަރު ގަންނަ ކަސްޓަމަރުންގެ މެދުގައި ގުރުނަގައިގެން ކޮންމެ ހަފްތާއަކު ހިލޭ ލުއި ފުޅި އަކާއި 10 ކިލޯގެ ގޭސް ލިބޭނެކަމަށެވެ. މި ޕްރޮމޯޝަނަކީ ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައި ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް މޯލްޑިވްސް ގޭހުން މައުލޫމާތު ދިނެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ޖޫން 5 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް