ފަތް ޖެހޭ ޑިސްޕްލޭ އެކުލެވޭ ލެޕްޓޮޕެއް ލެނޯވޯއިން ނެރެނީ

ފަތް ޖެހޭ ސްމާޓް ފޯނަކީ މި އަހަރުގެ ޓެކް ޓްރެންޑަކަށް ވެފައިވާއިރު ލެޕްޓޮޕްތަކަށްވެސް މި ޓްރެންޑްގެ އަސަރު ފޯރައިފިއެވެ. އެގޮތުން ޑިސްޕްލޭ ފަތް ޖަހާލެވޭ ލެޕްޓޮޕެއް 2020 ވަނަ އަހަރު ވިއްކަން ފަށާނެކަން...

16 May 2019 | 04:39

ފަތް ޖެހޭ ސްމާޓް ފޯނަކީ މި އަހަރުގެ ޓެކް ޓްރެންޑަކަށް ވެފައިވާއިރު ލެޕްޓޮޕްތަކަށްވެސް މި ޓްރެންޑްގެ އަސަރު ފޯރައިފިއެވެ.

އެގޮތުން ޑިސްޕްލޭ ފަތް ޖަހާލެވޭ ލެޕްޓޮޕެއް 2020 ވަނަ އަހަރު ވިއްކަން ފަށާނެކަން ލެނޯވޯއިން މިވަނީ ހާމަކޮށްފައެވެ.

ލެނޯވޯގެ މި އަހަރުގެ އެކްސެލެރޭޓް ކޮންފަރެންސްގައި މި ލެޕްޓޮޕް ދައްކާލާފައިވާއިރު، މި ލެޕްޓޮޕަށް ދީފައިވާ ނަމަކީ ތިންކްޕެޑް އެކްސް ވަން އެވެ.

މި ލެޕްޓޮޕްގެ ޑިސްޕްލޭ ސައިޒަކީ 13.3 އިންޗި އެވެ. މި ލެޕްޓޮޕްގެ ސްކްރީނަކީ އޯލެޑް ޓޫކޭ ޓެކްނޮލޮޖީގެ ސްކްރީނެއް ކަމަށާއި މި ސްކްރީނަކީ އެލްޖީ ކުންފުންޏާއި ގުޅިގެން އުފައްދާފައިވާ ސްކްރީނެއް ކަމުގައި ލެނޯވޯއިން ބުނެއެވެ.

މި އުފެއްދުމާއި ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ލެނޯވޯއިން ހާމައެއް ނުކުރެއެވެ. އިތުރު މައުލޫމާތު ހާމަކުރާނީވެސް 2020ގައި ކަމަށް ބުނެފައިވެއެވެ.

https://www.youtube.com/watch?v=_XBU_xxpsQk

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް