މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފާސްކޮށްފި

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މާލޭ ސިޓ ކައުންސިލުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. މިރޭ މިގޮތަށް ފާސްކުރި...

15 May 2019 | 21:09

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މާލޭ ސިޓ ކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ.

މިރޭ މިގޮތަށް ފާސްކުރި ނަމަވެސް އެ ކައުންސިލުން ބުނެފައިވަނީ މިރޭ ފާސްކުރި އެ އުސޫލަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ގަވާއިދު ހަދާއިރު ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާއި ބައްދަލުކޮށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށެވެ.

މިހާރުވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގާނޫނެއް އޮވެއެވެ. އެ ގާނޫނުގެ ދަށުން މަނާވަނީ ސަރުކާރުގެ އިދާރާތަކުގެ ކައިރީގައްޔާއި ކެފޭ ރެސްޓޯރެންޓްތަކުގެ ސިނގިރޭޓު ބޮވޭ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް