އިޒްރާއީލްގެ ގަތުލް އާންމު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމާއި ގުޅިގެން ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލް ސިފައިން ހިންގަމުންދާ ގަތުލް އާންމު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ. ފޮރިން މިނިސްޓްރީން ނެރުނ...

16 May 2018 | 08:11

އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމާއި ގުޅިގެން ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލް ސިފައިން ހިންގަމުންދާ ގަތުލް އާންމު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމުން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި އިޒްރާއީލް ސިފައިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައް ރައްޔިތުން ޝަހީދު ކުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއި އެކު ކަމަށެވެ. އަދި ރާއްޖެއިން ގަބޫލު ކުރާގޮތުގައި ގުދުސް އަކީ ފަލަސްތީނުގެ ބިމެކެވެ. އަދި އެގޮތަށް އދ. ގެ ސެކިއުރިޓީ ކައުންސިލާއި އާންމު މަޖިލީހުން ނިންމާފައިވާއިރު އެ ނިންމުމަށް އިޒްރާއީލާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ހަމަޖެހުންވެސް ގުޅިފައިވަނީ އެގޮތަށް އިޒްރާއީލުން އަމަލުކޮށްގެން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިޔަށް އޮތްތާވެސް ރާއްޖެއިން މަސައްކަތް ކުރާނީ ފަލަސްތީނާއި އެކު ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުން ދެކޮޅު ހަދަމުން ދަނިކޮށް އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވާފައިވާއިރު ހުޅުވި ވަގުތުވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.

އެ ހަމަނުޖެހުންތަކުގައި އިޒްރާއީލް ސިފައިން މިހާތަނަށް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު ތިން ހާހަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. ފަލަސްތީނުގެ އާންމު ރައްޔިތުން ބުނެފައިވަނީ އިހުތިޖާޖުތައް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް