އިޒްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެމެރިކާ އެމްބަސީ ހުޅުވުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވައި އިޒްރާއީލްގައި ގާއިމްކޮށްފައިވާ ހުރިހާ އެމްބަސީތަކަށާއި ޑިޕްލޮމެޓުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ދިން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޖުމްލަ 86 ގައުމެއްގެ ޑިޕްލޮމެޓުންނަށް ދައުވަތު ދިނުމުން އެ ރަސްމިއްޔާތުގައި ބައިވެރިވީ 31 ގައުމެވެ. އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވާތީ އުފަލުން ހުރިހާ ގައުމަކަށް ދައުވަތު ދިން ނަމަވެސް ރަސްމިއްޔާތުގައި އުންމީދު ކުރި ވަރަށް ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެފައި ނުވާތީ އިޒްރާއީލްގެ ފޮރިން މިނިސްޓްރީން ތިބީ މާ ހިތްހަމަޖެހިގެންނެތް ނޫނެވެ.
ރަސްމިއްޔާތުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ބޮޑެތި އެއްވެސް އިސްލާމީ އެއްވެސް ގައުމެއް ނުހިމެނެ އެވެ. އެކަމަކު މުސްލިމުންގެ މެޖޯރިޓީ އޮންނަ އަލްބޭނިއާ މި ރަސްމިއްޔާތުގައި ބައިވެރިވެފަ ވެއެވެ.
އެމްބަސީ ހުޅުވި ވަގުތުވެސް ޕަލަސްތީން ރައްޔިތުންނައި އިޒްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލުކޮށްފައިވެ އެވެ. އަދި ދެ ދުވަސް ވީއިރުވެސް އެ ހަމަލާތައް ހުއްޓުމަކަށް އައިސްފަ ނުވާއިރު އިޒްރާއީލް ސިފައިން ވަނީ މިހާތަނަށް 50 ށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައި އެވެ.
އެމެރިކާ އެމްބަސީ ހުޅުވުމާއި ގުޅިގެން ގުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ގައުމުތަކުން ބުނެފައިވަނީ ގުދުސް އަކީ ބިރުވެރިތަނަކަށްވެފައިވާ ކަމަށާއި އެ ގައުމުތަކުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމާއި މެދު ފަހު ގޮތެއް ނިންމޭނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް