ދުވަހުގެ ރެސްޓޯރެންޓް: ހަމަ ކޮންމެ ދުވަހަކު ދެބޭފުޅަކަށް ރޯދަވީއްލުން ލިބުމުގެ ފުރުސަތު

ފާއިތުވި ދެ ރަމަޟާން މަހުވެސް ދުވަހުގެ ރެސްޓޯރެންޓްގެ ނަމުގައި ދުވަސް ނޫހުން ހާއްސަ ސެގްމެންޓެއް ވާނީ ކުރިއަށް ގެންގޮސްފައި އެވެ. އިންޝާ ﷲ މި ރަމަޟާން މަހުވެސް މާދަމައިން ފެށިގެން ދުވަސް ނޫހުގައި މި ސ...

16 May 2018 | 05:55

ފާއިތުވި ދެ ރަމަޟާން މަހުވެސް ދުވަހުގެ ރެސްޓޯރެންޓްގެ ނަމުގައި ދުވަސް ނޫހުން ހާއްސަ ސެގްމެންޓެއް ވާނީ ކުރިއަށް ގެންގޮސްފައި އެވެ. އިންޝާ ﷲ މި ރަމަޟާން މަހުވެސް މާދަމައިން ފެށިގެން ދުވަސް ނޫހުގައި މި ސެގްމެންޓް ކުރިއަށްދާނެ އެވެ.

މި ސެގްމެންޓްގައި ރާއްޖޭގެ ރެސްޓޯރެންޓްތަކާއި ރޯދަވީއްލުމަށް ހާއްސަ މެނޫ ހާމަކޮށްފައިވާ ރިސޯޓްތަކުގެ ރޯދަ މެނޫއަށް ބަލައިލާ ކޮންމެ ދުވަހަކު އާޓިކަލް އެއް ގެނެސްދެވޭނެ އެވެ. އެ އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ބޭފުޅަކު ގުރުއަތުން ހޮވައި، ދެ ބޭފުޅަކަށް އެ ދުވަހެއްގެ މެނޫ ގެނެސްދޭ ރެސްޓޯރެންޓުން ރޯދަ ވީއްލުން ހަމެޖެހިގެންދާނެ އެވެ.

ފާއިތުވެ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް މި ސެގްމެންޓްގެ ސްޕޮންސަރ އަކީ އުރީދޫ މޯލްޑިވްސް އެވެ.

މި ސެގްމެންޓްގެ އާޓިކަލް ކޮންމެ ދުވަހެއްގެ ހެނދުނު 09:00ގައި ދުވަސް ނޫހުގައި ޕަބްލިޝް ކުރެވި ދުވަސް ނޫހުގެ ފޭސްބުކް ޕޭޖްގައި ޝެއަރ ކުރެވޭނެ އެވެ. ގުރުއަތުގައި ބައިވެރި ކުރެވޭނީ އެ ދުވަހެއްގެ ޕޯސްޓް އެ ދުވަހެއްގެ ހެނދުނު 09:00 އާއި ރޭގަނޑު 00:00 އާއި ދެމެދު ޝެއަރ ކުރައްވާ ފަރާތްތަކެވެ.

ޝެއަރ ކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު ހޮވޭ ނަސީބުވެރިއެއް، ޖެހިގެން އަންނަ ދުވަހުގެ 09:00 ގެ ކުރިން އިއުލާނު ކުރެވޭނެ އެވެ.

މި ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި ރަށްރަށުގެ ރެސްޓޯރެންޓްތަކަށް އަދި ރިސޯޓްތަކަށް ވަނީ ހުޅުވާލެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް