އިސްލާމީ ރިވެތި އަހުލާގުގައި ދެމިތިބުމަށް ރައީސް ގޮވާލައްވައިފި

ރަމަޟާން މަހުގެ ދުވަސްތަކުގައި އިސްލާމީ ރިވެތި އަހުލާގުގައި ދެމިތިބުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފި އެވެ. ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ނެރުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް...

16 May 2018 | 01:43

ރަމަޟާން މަހުގެ ދުވަސްތަކުގައި އިސްލާމީ ރިވެތި އަހުލާގުގައި ދެމިތިބުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފި އެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ނެރުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ރޯދަ މަހަކީ އިސްލާމީ އުއްމަތަށް ވަރަށް މަތިވެރި މައްސަރެއް ކަމަށާއި މިއީ ފާފަ ފުއްސެވުމާއި އަޅުކަމާއި ތަގުވާގެ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި ރޯދަ މަހަކީ ކީރިތި ގުރުއާން ބާވައިލެއްވި މައްސަރު ކަމަށް ވާއިރު، ރޯދައިގެ އަޅުކަން އަދާކުރުމާ އެކު ގުރުއާން ކިޔެވުން ގިނަ ކުރުމާއި ނަމާދަށް ރައްކާތެރިވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ރައީސް ވިދާޅުވޯީ ރޯދަ މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި އިސްލާމީ ރިވެތި އަޚުލާގުގައި ދެމިތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ މެސެޖުގައި ވަނީ ރޯދަ މަހުގެ ތަހުނިއްޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފޮނުއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް