މުވާސަލާތީ ކުންފުނި އުރީދޫއިން މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށް ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫއިން ބުނީ ޕޯްޓް ޕެއިޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު ލަކީޑްރޯއެއް ނަގާނެ ކަމަށެވެ. ލަކީޑްރޯގައި ބައިވެރިވުމަށް ޕޯސްޓްޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ބޭނުން ކުރަން ފަށާ ކަސްޓަމަރުން އިނގިރޭސިން "ތަފާތު ޕޯސްޓްޕެއިޑް" ޖެހުމަށް ފަހު 929 އަށް ހިލޭ އެސްއެމްއެސްއެއް ފޮނުވުމުން ބައިވެރިވެވޭނެ އެވެ.
ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50 އިންޗީގެ ޓީވީ އަކާއި، ހޯމްތިއޭޓާ ކިޓެއް އަދި އެ ކުންފުނިން ސްޕޮންސާ ކޮށްފައިވާ ނިއުރޭޑިއަންޓް ޓީމާއި އެކު ފަސް މީހަކަށް ރޯދަ ވީއްލުމެއް ލިބޭނެ އެވެ. އޭގެ އިތުރުން އެންމެ ފަހުގެ އައިފޯން އެކްސް އަކާއި، ކޮންރެޑް މޯލްޑިވްސްގެ ކަނޑު އަޑީގެ އިތާ ރެސްޓޯރެންޓުން ދެ މީހަކަށް ކެއުމެއް ވެސް ލިބޭނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި އެންމެ ހާއްސަ އިނާމުގެ ނަސީބުވެރިން ހޮވާނީ ރޯދަ ނިންމާފަ އެވެ. އެގޮތުން ގުރުއަތުން ނެގޭ މީހަކަށް ހަތަރުރޭގެ ހުރުމާއިއެކު، ދެ މީހަކަށް ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ރޯދަ މަހަށް ހާއްސަކޮށް އުރީދޫއިން އިތުރު ފަސް ހިިދުމަތަކާއި ހިލޭ ލިބޭ ހިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ހިލޭ ލިބޭ ހިދުމަތްތަކުގެ ތެރޭގައި:
އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު އެންގުން، މި ޚިދުމަތް ލިބޭނީ ގޯ ޖެހުމަށް ފަހު 4777 އަށް މެސެޖު ކުރުމުންނެވެ.
ރީތި ޓިއުންސް މެދުވެރިކޮށް ޤުރުއާނުގެ ދިވެހި ތަރުޖަމާ އަދި މަދަހަ އަޑުއެހުން، މި ހިދުމަތް ލިބޭނީ ގޯ ޖެހުމަށް ފަހު 4000 އަށް މެސެޖު ކުރުމުންނެވެ.
އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް، މި ޚިދުމަތް ލިބޭނީ އާރު ސްޕޭސް ގޯ ޖެހުމަށް ފަހު 4546 އަށް މެސެޖު ކުރުމުންނެވެ.
އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯދުން، މި ޚިދުމަތް ލިބޭނީ ސީ ސްޕޭސް ގޯ ޖެހުމަށް ފަހު 4546 އަށް މެސެޖު ކުރުމުންނެވެ.
އިތުރަށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި:
އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭ ޕްރޮމޯޝަން ހިމެނެ އެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ޑޭޓާ ހަދިޔާ ކުރާއިރު، ހަދިޔާ ކުރާ ޕެކޭޖުގެ ޑޭޓާ އެލަވަންސް ދެ ގުނަ އިތުރުވާނެ އެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަސް ވެސް ވަނީ އަގުހެޔޮ ޑޭޓާ ޕެކެއް ތައާރަފް ކޮށްފަ އެވެ. އުރީދޫ އިން ބުނީ *929*2*2# ޖެހުމަށް ފަހު 929 އަށް ގުޅާލުމުން، 99 ރުފިޔާއަށް ތިން ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ޕެކެއް ލިބޭނެ ކަމަށެވެ.
"ސައުދީ ޕްލޭން 99"ގެ ނަމުގައި، ސައުދީ އަށް އަގުހެޔޮކޮށް ގުޅާލެވޭ އައިޑީޑީ ރޯމިން ޕެކޭޖެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. މި ޕެކޭޖުގެ ދަށުން 99 ރުފިޔާ ހަރަދުކޮށްގެން ސައުދީ އަށް ގުޅަން 70 މިނެޓް ލިބޭނެ އެވެ. ސައުދީ ޕްލޭން އެކްޓިވް ނަގައިގެން، ސައުދީ އަށް ގުޅަން ލިބޭ 70 މިނެޓް ހަމަވުމުން އިތުރުވާ ކޮންމެ މިނެޓަކަށް ޗާޖުކުރާނީ 2.99 ރުފިޔާ އެވެ. އަދި ސައުދީގައި އުރީދޫ ހިދުމަތް ބޭނުން ކުރާނަމަ ރޯމިން އިން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
އުރީދޫ އިން ބުނީ މި ޕެކޭޖު ބޭނުން ކުރެވޭނީ، ސައުދީ ޖެހުމަށް ފަހު 4123 އަށް އެސްއެމްއެސް ކުރުމުން ނުވަތަ *929*18# އަށް ގުޅުމުން ކަމަށެވެ.
ރޯދަ މަހުގެ ތެރޭގައި، ހަލުވި ސްޕީޑުގެ އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ އާ ކަނެކްޝަނެއް ނަގާ ނަމަ، 30 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި ރޯދަ ކުރުކުރުމަށް، "ކައްކަނީ ކޯއްޗެއް"ގެ ނަމުގައި އުރީދޫ އިން އެސްއެމްއެސް ކުއިޒެއް ވެސް ކުރަށް ގެންދާނެ އެވެ. އުރީދޫ އިން ބުނީ ކުރިޒުން ހޮވޭ ފަރާތްތަކަށް ކޮންމެ ދުވަހަކު ވެސް ތަފާތު އިނާމުތައް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
ކުރީ އަހަރުތަކާއި އެއްގޮތަށް، މި އަހަރު ވެސް އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރާ މީހުންނަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެ ޚިދުމަތް ލިބޭނީ *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް