ދާރުލް އާސާރާއި އުތީމު ގަނޑުވަރު ހުޅުވިފަ ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި

ދާރުލް އާސާރާއި އުތީމު ގަނޑުވަރު ހުޅުވިފަ ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ. ޑިޕާޓްމަންޓު އޮފް ހެރިޓޭޖުން ބުނީ މިއަދުން ފެށިގެން ޝައްވާލް މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް އެ ދެ ތަން ހުޅުވިފައި ހ...

16 May 2018 | 00:21

ދާރުލް އާސާރާއި އުތީމު ގަނޑުވަރު ހުޅުވިފަ ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ޑިޕާޓްމަންޓު އޮފް ހެރިޓޭޖުން ބުނީ މިއަދުން ފެށިގެން ޝައްވާލް މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް އެ ދެ ތަން ހުޅުވިފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:30 ން މެންދުރު ފަހު 3:30 އަށް ކަމަށެވެ. އަދި ހުކުރު، ހޮނިހިރު މި ދެދުވަހު އެ ތަންތަން ބަންދުވާނެ ކަމަށެވެ.

އެ ޑިޕާޓަމްނަޓުން ބުނީ އާންމުކޮށް ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާފައި އޮތަސް ދާރުލް އާސާރާއި އުތީމު ގަނޑުވަރު ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް  ދުވަހު ބަންދު ކުރަން ނިންމާފައި ވާ ކަމަށެވެ.

އެކަމަކު ޝައްވާލު މަހުގެ ހަތްވަނަ ދުވަހަށް ފަހު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް އެ ދެތަނަށް އާންމުންނަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް