ބޭސް ސިޓީގެ ފޮޓޯއެއް އެސްޓީއޯ މެޑިކަލްސްގެ ފޯނު ނަމްބަރަށް ފޮނުވާލުމުން ކޮންމެހެން ބޭނުންވާ ބޭސް ޑެލިވަރ ކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެގޮތުން އެސްޓީއޯ މެޑިކަލްސް އިން ބުނެފައިވަނީ ކޮންމެހެން ބޭނުންވާ ބޭހުގެ ބޭސް ސިޓީ އެސްޓީއޯ މެޑިކަލްސްގެ މޯބައިލް ނަމްބަރު 7922032 އަށް އެ މީހެއްގެ އައިޑީ ކާޑުގެ ފޮޓޯއަކާއެކު ފޮނުވާލުމުން، ކޮމާންޑް ސެންޓަރުތަކާއި ގުޅިގެން އެ ބޭސް ގެތަކަށް ފޮނުވަދޭނެ ކަމަށެވެ.
އިއްޔެ މެންދުރުން ފެށިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު ނިކުމެ އުޅުން މަނަލެވެ. ޒަރޫރީ ބޭނުމެއްގައި ނިކުންނަ ނަމަ ހުއްދައެއް ހޯދަން ޖެހެއެވެ.
https://twitter.com/StoMedical/status/1250707784569516032
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިމިވަނީ މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމުންންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް