އެމްޕީއެލް އަދި ޓިވެޓް ގުޅިގެން މީހުން ތަމްރީން ކުރުމަށް އެއްބަސްވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް  އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން އޮތޯރިޓީ ގުޅިގެން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އެއްބަސަވުމެއްގައި ސޮއިކޮއްފިއެވެ. އެކަމަށް މިއަދު ހެނދުނު ބޭއވި ރަ...

16 Apr 2019 | 12:28

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް  އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން އޮތޯރިޓީ ގުޅިގެން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އެއްބަސަވުމެއްގައި ސޮއިކޮއްފިއެވެ.

އެކަމަށް މިއަދު ހެނދުނު ބޭއވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި ޓިވެޓްގެ ފަރާތުން ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.

މިއީ އެމްޕީއެލްގެ މުވައްޒަފުން ތަމްރީން ކުރުމަށް އެކުލަވާލި އެއްބަސް ވުމެއް ކަމުގައި ވީނަމަވެސް، މި ފުރުސަތުގެ ދަށުން އެމްޕީއެލްގައި ނޫޅޭ މުވައްޒަފުންނަށް ވެސް ޕްރޮގްރާމްގައި ބައިވެރި ވެވޭނެ ކަމަށް ޓިވެޓްގެ ޑިރެކްޓަރު އަހުމަދު ނިޝާމް ވިދާޅުވިއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީން ކުރެވޭނެ ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދަށުން މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ބައެއް ދާއިރާތަކަކީ، އޮޓޮމޭޓިކް މެޝިން އެންޑް މެއިންޓެނަންސް، މެރިން މެކޭނިކް، އައިޓީ ޓެކްނީޝަން  އަދި އިލެކްޓްރިޝަން އެވެ.

ހަ މަސް ދުވަހުގެ އެ ޕްރޮގާމްއިން އަހަރަކު، 100 މީހުން ތަމްރީން ކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް