ހިލޭ ބަހާ 5000 ހެލްމެޓްގެ ތެރެއިން ލ. އަތޮޅަށް ބަހަން ހަމަޖެހިފައިވާ 700 ހެލްމެޓް ބެހުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ޕްރޮގްރާމް މާދަމާ ފެށޭނެއެވެ.
ހެލްމެޓް ބެހުމަށް ބާއްވާ ތިން އެވެއާނަސް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.
އެގޮތުން ބާއްވަން ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރެއިން، ފުރަތަމަ ސެޝަން އޮންނާނީ މާދަމާ ރޭ 20:00 އިން 22:00 އަށް ކަމަށް ޓްރާސްންޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ދެވަނަ ސެޝަން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށް ބާއްވަން ހަމަޖެހިފައިވާއިރު ތިން ވަނަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށެވެ.
އަދި މި ސެޝަންތަކުގައި ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ސެޝަން އޮންނަ ދުވަހާއި ގަޑި އެސްއެމްއެސް އަކުން ފޮނުވާނެ ކަމަށާއި، މި ސެޝަންތައް ކުރިއަށް ދާނީ ލ.ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް