މި ކުދިންތައް ބުނަނީ ރޯދަ ހިފަން ބޭނުން ކަމަށެވެ. އެކަމުގެ ހެޔޮ ތަޢުފީޤު ދެއްވުން އެދޭ ކަމަށެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށެން އެންމެ 19 ދުވަހަށް ވެފައިވާއިރު މިއީ އަޑު އަހާލަން ހިތްގައިމު ރޯދައިގެ ހަނދާތައް އާކޮށްދޭ އަދި ރޯދައިގެ ދަރުމައާއި ސަވާބު ހަނދުމަކޮށްދޭ ލަވައެކެވެ. ކުޑަކުދިންތަކެއް ކ...

16 Apr 2019 | 09:22

ބަރަކާތްތެރި ރަމަޟާން މަސް ފެށެން އެންމެ 19 ދުވަހަށް ވެފައިވާއިރު މިއީ އަޑު އަހާލަން ހިތްގައިމު ރޯދައިގެ ހަނދާތައް އާކޮށްދޭ އަދި ރޯދައިގެ ދަރުމައާއި ސަވާބު ހަނދުމަކޮށްދޭ ލަވައެކެވެ.

ކުޑަކުދިންތަކެއް ކިޔާފައިވާ މި ލަވައަކީ މިދިޔަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުކޮށް ނެރެފައިވާ ލަވައެކެވެ. ނަމަވެސް މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް މި ލަވަ މިވަނީ ވައިރަލް ވެފައެވެ.

މި ލަވައަކީ ޕާކިސްތާނުގެ ބިނޯރިއާ މީޑިއާއިން ތައްޔާރުކޮށްފައިވާ ލަވައެކެވެ.

ކުޑަ ކުދިންތަކެއް ކިޔާފައިވާ މިލަވައިގާ ބުނަނީ އަހަރެންވެސް ރޯދައަށް ހުންނާނަމޭ އެވެ. ޔާ ﷲ ރޯދައަށް ހުރުމުގެ ހެޔޮ ތަޢުފީޤު ދެއްވާނދޭ އެވެ.

"ނަމާދު ކުރަންވެސް ދާނަމެވެ. ޔާ ﷲ އެކަމަށްވެސް ހެޔޮ ތަޢުފީފު ދެއްވާނދޭވެ. އަހަންނަކީވެސް މުސްލިމެކެވެ. ކުޑަކުއްޖެއް ނަމަވެސް، ޔާ ﷲ އެވެ. އިނބަ ރަސްކަލާނގެ ހުކުމްތައް އަހަރެންގެ މައްޗަށްވެސް ހިނގާނެ ނޫންހެއްޔެވެ." އެ ލަވައިގާ ބުނެއެވެ.

ހެޔޮ ސަވާބު ހޯދުމަށް ރޯދަ ހިފައި ނަމާދުކޮށް ތަރާވީހް އަދާކުރާނަމަ ކުރީގެ އަހަރުތަކުގެ ފާފަތައް ފުއްސަވާނެ ކަމަށާއި މިއީ ހެޔޮ އަމަލު ގިނަކުރަން ލިބޭ ރަނުގެ މޫސުމެއްކަން މި ލަވައިގާ ފާހަގަކޮށްފައިވެއެވެ.

ރޯދަ މިހާ ގާތްވެފައިވާއިރު މި ލަވަ އަޑުއަހާލައި އާއިލާއާއި ރަހްމަތްތެރިންގެ މެދުގައި ޝެއަރ ކޮށްލުން ކިހިނެއް ވާނެހެއްޔެވެ.

https://www.youtube.com/watch?v=FSB9ZOPU7BE

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް