ފުވައްމުލަކާއި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވުމާއި ގުޅިގެން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ. މި ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:40 އިން ފެށިގެން 15:20 ގެ ނިޔަލަށެވެ. މޫސުމާ ބެހޭ އިދާރާ، މ...

16 Apr 2019 | 09:12

މޫސުން ގޯސްވުމާއި ގުޅިގެން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މި ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:40 އިން ފެށިގެން 15:20 ގެ ނިޔަލަށެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މެދު ރާއްޖެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ވައި ޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް