އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ނިމި ފަތިސް ނަމާދުގެ ވަގުތަށްފަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއެކެވެ.
މިސްރުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 23 އަހަރުގެ ސަބްރީން މުބާރަކް ޔޫސުފް އޭރު އިނީ ބަލިވެއެވެ.
ފަތިސް ނަމާދަށްފަހު އޭނާ ޤުރުއާން ކިޔަވަން އިންދާ ގެއަށް މީހަކު ވަދެ އޭނާ ޝަހީދުކޮށްލީ އެ ގޭގައި ހުރި ރަނާއި ސަބްރީން ގެންގުޅޭ ގަހަނާގެ ބޭނުމުގައެވެ.
އެ އަންހެން މީހާއަށް އެ ސަރަހައްދުގެ މީހުން ދީފައިވާ ނަމަކީ "ގުރުއާން ގެންގުޅޭ އަންހެނާ" އެވެ. އެއީ އޭނާ އަބަދު ހަތިމު ގެންގުޅޭތީ ކަމަށް ބުނެފައިވެއެވެ.
ސަބްރީންގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމާ ހުކުމް އިއްވުމާއި ހަމައަށް ގޮސްފައިވާއިރު އިއްޔެ ކޯޓުން ބުނެފައިވަނީ ގާތިލަށް މި ރަމަޟާން މަހު ހުކުމް އިއްވާނެ ކަމަށެވެ.
ސަބްރީން އަކީ ޤުރުއާން ހިތުދަސް، އަލް އަޒްހަރު ޔުނިވާސިޓީން އެކަމުގެ ޝަރަފު ލިބިފައިވާ އަންހެނެކެވެ. އޭނާގެ ގާތިލު ބުނެފައިވާގޮތުގައި އެ ގެއަށް އެރޭ ފަތިހު އޭނާ ދިޔައީ ފަތިސް ނަމާދު ވަގުތު ގޭގައި އުޅޭނީ ސަބްރީން އެކަނިކަން އެނގޭތީ ގެ ލޫޓުވާލުމުގެ ބޭނުމުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް