ހާވީރީ ބިލްޑިންއިން އަމީރުއަހުމަދު މަގާއި ވާ ގޮތަށް ހުރި ބެލްކަނީ ޝީޓުގެ ބައެއް ވެއްޓި ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު 12:42 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ސިޓީ ކައުންސިލާއި ހިއްސާ ކޮށްފައި ވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާރު ސިޓީ ކައުންސިލުން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް