މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށާއި، ޕްރޮޕޯޒަލް އާއި އެކު 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމުގައެވެ.
މި އިއުލާނުގައި އިތުރަށް ވަނީ، ޕްރޮޕޯޒަލް ހުށަހެޅުން މިމަހުގެ 29 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން މިއަންނަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގައި އޮންނާނެ ކަމަށާއި، ޕްރޮޕޯޒަލް ހުށަހެޅޭނީ ޕްރީބިޑް މީޓިންގައި ބައިވެރިވި ފަރާތްތަކާއި، ފީ ދެއްކި ކުންފުނިތަކަށް އެކަނި ކަމަށްވެސް މި އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
"1440 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިފަދައިން ޕްރޮޕޯޒަލަށް އެދޭ ސިޓީ އުރައިގައި ލިޔަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ޝަރުތުކޮށްފައިވއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް