އޭސީސީ އިން ނެރުނު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެސްއޯއެފް އިން ޑޮލަރު ގަތް މީހުންގެ ތެރޭގައި ހިމެނޭތީ، މަގާމުން ސަސްޕެންޑް ކޮށްފައިވާ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން އުވާލައިފިއެވެ.
އޭސީސީގެ ތަހުގީގީ ރިޕޯޓުން ދައްކާގޮތުގައި އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ވަނީ މިއަދު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ސަސްޕެންޝަން ވެސް އުވާލައިފައެވެ.
މި މައްސަލަ ނިންމި ވަކި ގޮތެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް