އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތުގައި އެސްއޯއެފުން ޑޮލަރު ގަތް ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވާ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފުގެ ސަސްޕެންޝަން އުވާލައިފިއެވެ.
މިނިސްޓަރު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އޭސީސީ އަދި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށްފަހު، އިތުބާރު ކުރައްވައި އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާ ކަމުގައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ތެދުވެރި ކަމާއި އެކީ ދެމިހުންނާނެ ކަމަށާއި، އިތުބާރު ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރާކަމުގައެވެ.
https://twitter.com/AhmedMahloof/status/1118036407295942656
މިނިސްޓަރު މަހުލޫފު ސަސްޕެންޑްކުރީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލޯންޑާކުރި އެސްއޯއެފް ކުންފުންޏާ އެކު 33،000 ޑޮލަރުގެ މުއާމަލާތެއް ހިންގިކަމަށް އޭސީސީ ރިޕޯޓުގައި އޮތުމާއި ގުޅިގެންނެވެ. މިނިސްޓަރު ސަސްޕެންޑް ކުރެވީ ފެބްރުއަރީ 14 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާއެވެ.
އިތުރަށް ސަސްޕެންޑް ކުރެއްވި ބޭފުޅުންގެ ސަސްޕެންޝަނާއި މެދު އަދި ގޮތެއް ނުނިންމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް