ސަރުކާރު އޮފީސްތަކާއި، ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުންނަށް ފަސޭހަކަމާއި އެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ފަށާފައިވާކަމަށް އިސްލާމިކް މިނިސްޓަރު އަހުމްދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ކުންފުނިތަކާއި ސަރުކާރު އޮފީސްތަކުގެ ތެރެއިން މުވައްޒަފުންނަށް ފަސޭހަކަމާއި އެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ތަންތަން ބަލައި، އެ ތަންތަނުގައި ފަސޭހަ ކަމާއި އެކީ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ.
https://twitter.com/AhmedZahirAli/status/1117874435623571456
މިހާރު ގިނަ އޮފީސްތަކުގައި ނަމާދުކުރުމަށް ހާއްސަ ކޮޓަރިއެއް ހުންނަކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް