ރޯދަމަހު މުދާ އުފުލޭނެ ގަޑިތައް އިއުލާންކޮށްފި

1440 ވަނަ ރަމަޝާން މަސް އަންނަ މަހު ފެށޭއިރު، ވިޔަފާރިވެރިންނަށް މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ، މުދާ އުފުލޭނެ ވަގުތުތަކަކީ ހެނދުނު 9:00 އިން...

16 Apr 2019 | 05:17

1440 ވަނަ ރަމަޝާން މަސް އަންނަ މަހު ފެށޭއިރު، ވިޔަފާރިވެރިންނަށް މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، މުދާ އުފުލޭނެ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 ކަމަށާއި، އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ. މިވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދަލާއި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350 ކިލޯގުރާމަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި މުދާ އުފުލޭނެ ކަމަށް އެ މިނިސްޓްރީގެ އިއިލާނުގައި ވެއެވެ. އަދި ހަވީރު 15:00 އިން ފެށިގެން 21:00 އާއިދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި އިތުރަށް ވަނީ ބުނެފައެވެ. ބްރިޖުން މުދާ އުފުލާނަމަ، 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް އުފުލޭނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެވަގުތު ތަކުގައި ބްރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ޝަރުތުކޮށްފައެވެ.

މި ގަޑިތަކުގައި މުދާ އުފުލޭނީ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލާ ފަރާތްތަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް