ވޯޓު ކަރުދާހުގައި ނަޝީދުގެ ނަމެއް ނޯންނާނެ، އެކަން ބަދަލެއް ނުވާނެ: ޝައިނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނޯންނާނެ ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވ...

16 Apr 2018 | 15:41

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނޯންނާނެ ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޓީން ނިންމާފައިވާ ނިންމުމަށް ރައްދުދެއްވައި އެވެ. މިނިސްޓަރު ވިދާޅުވީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮންނަން ނުޖެހޭކަމަށް ކުރިންވެސް ވިދާޅުވެފައިވާނެ ކަމަށާއި އެކަން މިއަދުވެސް ތަކުރާރު ކުރައްވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ ނަޝީދު އިންތިހާބުގައި ބައިވެރި ކުރަން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަދި އޭގެ ދަށުން ހެދިފައިވާ އެއްވެސް ގާނޫނެއްގައިވެސް ނެތް ކަމަށެވެ.

https://twitter.com/mshainee/status/985856947583774720

އދ. ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޓީގެ ނިންމުން ދިވެހި ސަރުކާރުން ބަލައި ނުގަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޓީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅި މައްސަލަ ނިންމީ ރާއްޖޭން ހުށަހެޅި ކަންކަމަށް އެކަށީގެންވާ ވަރަށް ނުބަލައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް