ރިޔާސީ އިންތިހާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީން މިގޮތަށް ނިންމާފައިމިވަނީ ނަޝީދުގެ އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެންނެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭން އެ މައްސަލައިގާ އެދިފައިވާއިރު އެ ގްރޫޕުގެ ނިންމުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ސިޔާސީ މަގްސަދެއްގައި ކަމަށާއި އެ ދައުވާގެ ހުރިހާ އިޖުރާއަތުތަކެއް ވެސް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށްވެސް ކޮމެޓީ އަށް ފެންނަ ކަމަށެވެ.
އެ ނިންމުމުގައި ބުނެފައިވަނީނަޝީދުގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީވެސް ސިޔާސީ މަގްސަދެއްގައި ކަމަށާއި އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު މަހްރޫމްކޮށްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ޚިލާފު ކަމެއް ކަމުގައިވެސް އެ ނިންމުމުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް