މާމިގިލީ ބަނދަރު އަންނަ މަހު ހުޅުވަނީ

އދ. މާމިގިލީގައި ހަދާފައިވާ ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރު އަންނަ މަހުގެ ދޭއްގައި ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ. އެ ބަނދަރުގެ އޮޕަރޭޝަނަށް ބޭނުންވާ ...

16 Apr 2018 | 06:56

އދ. މާމިގިލީގައި ހަދާފައިވާ ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރު އަންނަ މަހުގެ ދޭއްގައި ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.

އެ ބަނދަރުގެ އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތައްޔާރީއެއް ނިމިފައިވާއިރު މިދިޔަ ހަފްތާގައި އެމްޕީއެލްގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް ވަނީ ތައްޔާރީތައް ބައްލަވާލައްވާފައި އެވެ. އެމްޕީއެލްއިން ބުނީ މިހާރު ކުރިޔަށް ދަނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ.

https://twitter.com/Portmv/status/984320062101139457

އެމްޕީއެލްއިން ވަނީ މާމިގިލީ ބައިނަލްއަގުވާމީ ބަނދަރަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްވެސް އިއުލާނުކޮށްފައި އެވެ.

އެގޮތުން އެސިސްޓެންޓް މެނޭޖަރަކާއި ހަ އެސިސްޓެންޓް އޮފިސަރުންނާއި ފޯކްލިފްޓް، ކެރޭން އޮޕަރޭޓަރުންގެ މަގާމަށް ދެ މީހުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ވިންޗްމަން އަކާއި ހަ ސެކިއުރިޓީ ގާޑުން އަދި ހަ ލޭބަރުން ހޯދަން އިއުލާނުކޮށްފައި ވެއެވެ.

މިހާރު ބައިނަލްއަގުވާމީ ބަނދަރުގެ ގޮތުގައި ހިންގަނީ ކުޅުދުއްފުށީ ބަނދަރާއި މާލޭ ވިޔަފާރި ބަނދަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް