ކެެރެލާގައި ފާހާނާ ތަށްޓެއް ބެދިގެން ބެލި އިރު އޮތީ ކުއްޖެއްގެ ބޮލެއް

އިންޑިއާގެ ކެރެލާގެ ޕަލައްކާދުގައި ހިންގާ ކްލިނިކެއްގެ ފާހާނާ ބެދިގެން ސާފު ކުރާ ބަޔަކު ގެނެސްގެން ޕަންޕު ކުރަނިކޮށް ނިކުތީ ކުޑަ ކުއްޖެއްގެ ބޮލެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެންޑީޓީވީގައި ރިޕޯޓު ...

16 Apr 2018 | 06:33

އިންޑިއާގެ ކެރެލާގެ ޕަލައްކާދުގައި ހިންގާ ކްލިނިކެއްގެ ފާހާނާ ބެދިގެން ސާފު ކުރާ ބަޔަކު ގެނެސްގެން ޕަންޕު ކުރަނިކޮށް ނިކުތީ ކުޑަ ކުއްޖެއްގެ ބޮލެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެންޑީޓީވީގައި ރިޕޯޓު ކޮށްފައިވާގޮތުގައި ތިރިކޮށް އިންނަ އެ ފާހާނާ ތަށީ ތެރެއިން ނެގި މަރުވެފައި އޮތް ކުއްޖާގެ އުމުރަކީ ދެ ދުވަހެކެވެ. ކުއްޖާގެ ހަށިގަނޑު ބޮލާއި އެއްކޮށް ވަކިވެފައެއް ނުވެ އެވެ. އެކަމަކު ފާހާނާ ބެދިފައިވަނީ އެ ކުއްޖާ ތަށްޓައް ލީ ކަމަށް ބެލެވޭ މައިންބަފައިންނަށް ރަނގަޅަށް ފްލަޝް ނުކުރެވުމުންނެވެ.

އެ ފާހާނާ ތަށި ބެދިފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ފުލުހުންނާއި ކްލިނިކްގެ ވެރިން ދަނީ އެ ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކްލިނިކަކީ މީހުން ވިއްސާތަނަކަށް ނުވާތީ ބެލެވެނީ އެމީހުން އެތަނަށް ދިޔައީ ކުއްޖާ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އިތުރަށް ފުލުހުން ބުނީ ކުއްޖާގެ މަންމަ ފާހާނާ ތެރޭގައި ކުއްޖާ ވިހާފައި ފްލަޝް ކޮށްލީކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

އެހެންވެ ކްލިނިކްގެ ސީސީޓީވީ ފުޓޭޖާއި ޑޮކްޓަރް ދެއްކި ރެކޯޑުތައް ދަނީ ބަލަމުންނެވެ. އެކަމަކު މިހާތަނަށް އެ ކުއްޖާގެ މައިންބަފައިން ކަމަށް ޝައްކު ކުރެވޭ ބަޔަކު ފާހަގަވެފައި ނުވާކަމަށް ވެ އެވެ.

ފްލަޝްކޮށްލާފައިވަނީ އަންހެން ކުއްޖެ ކެވެ. އިންޑިއާގައި އަންހެން ކުއްޖަކު ލިބިއްޖެ ނަމަ ގަސްދުގައި މަރާލުމާއި، ދިރިހުއްޓަ ވަޅުލުމާއި،  ކުނިގޮނޑަށް އެއްލާލުމަކީ އާންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް