މިއަހަރުގެ ރޯދަ ޕޮރޮމޯޝަން " ރޯދަ ބަދަލުގެ" ނަމުގައި ވަރަށް ހާއްސަ ޕޮރޮމޯޝަން އެއް އޭސްހާރޑްވެއަރ އަދި ކަލަރބޭންކިން ފަށައިފިއެވެ. މި ޕޮރޮމޯޝަން ކުރިޔަށް ދަނީ އޭޕްރިލް 15 އިން ޖޫން 15 އަށެވެ. މިއީ ކޮންމެ އަހަރަކުވެސް އޭސްހާރޑްވެއަރ އަދި ކަލަރބޭންކިން ބާއްވާ އަންމެ ވަރުގަދަ ޕްރޮމޯޝަންއެވެ.
މި ޕޮރޮމޯޝަން ހިގަމުން ދާއިރު އޭސް ހާރޑްވެއަރ އަދި ކަލަރ ބޭންކިން ރޯދައަށް ހާއްސަ ކޮއްގެން 80% ހަމައަށް ރޯދައަށް ގޭތެރެ ބަދަލު ކޮއްލުމަށް އަދި ގޭތެރެއަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް ބޭނުން ކުރާ ފަދަ ތަކެތިން ޑިސްކައުންޓު އަޅުވާފައި ވެއެވެ. އަދި މީގެ އިތުރުން އެހެނިހެން ތަފާތު ކުދި ކުދި ޕޮރޮމޯޝަން ތައް މި ދުވަސް ތަކުގައި ސޯޝަލް މީޑިއާގައި ވެސް ހިގަމުން ދާނެއެވެ. މި ޕްރޮމޯޝަން ތަކުގައި ބައިވެރިވާ ބޭފުޅުންނަށް ވަރަށް ތަފާތު އަދި އަގުހުރި އިނާމް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަދި މީގެ އިތުރުން އޭސްހާރޑްވެއަރ ނުވަތަ ކަލަރބޭންކިން ކުރެވޭ 300 ރުފިޔާއަށްވުރެ މަދުނޫން ކޮންމެ ވިޔަފާރިއަކުން ނަސީބުގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ނަސީބު ގުރުއަތުން ހޮވޭ ފަރާތަކަށް ލިބިގެންދާނީ 3 ލައްކަ ރުފިޔާގެ އަގުހުރި ނަގުދު ފައިސާއެވެ. މިރަނުގެ ފުރުސަތަކީ އެއްވެސް ގޮތަކަށް ދޫކޮއްލާވަރުގެ ފުރުސަތެއް ނޫނެވެ!. އެހެންނޫންތޯއެވެ.؟
މިދިޔަ އަހަރުތަކުގައިވެސް އޭސް ހާރޑްވެއާރ އަދި ކަލަރ ބެންކް ގުޅިގެންވަނީ މި ފަދަ އަގުހުރި އިނާމްތަކާއިއެކު ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން އެންމެ ސަޅި ރޯދަ ސޭލްގެ ނަމުގައި ޕްރޮމޯޝަން ނަމުގައި މިދިޔަ ދެއަހަރު ވެސް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ނަސީބުގެ ގުރުން ހޮވުނު ފަރާތަށް ލިބިފައެވެ. މި ފަދަ އަގުހުރި އިނާމްތައް ލިބޭނެ ފަދައިން ޕްރޮމޯޝަން ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އޭސް ހާރޑްވެއާގެ ޙިދުމަތްތައް ބައްލަވައިގަންނަވާ އެންމެހާ ކަސްޓަމަރުންނަށް ޝުކުރު އަދާ ކޮށް އަދި އެބޭފުޅުން ދެއްވާ ތަރުހީބު ބައްލަވައިގަތުން ކަމަށާއި އަދި އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތްތާގައިވެސް ހަމަ މިފަދަ އަގުހުރި އިނާމްތަކާއި އެކު ތަފާތު ޕްރޮމޯޝަންތައް ބޭއްވުން ކަމުގައި އޭސް ހާރޑްވެއާ އަދި ކަލަރ ބޭންކުން ހާމަކުރެ އެވެ.
އޭސް ހާރޑްވެއާރ އާއި ކަލާރބެންކް އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ކުންފުންޏެވެ. މިގޮތުން ކަލާރބެންކް އަކީ 1994 ގައި ޔޫކޭގެ 'ކްރައުން ޕެއިންޓްސް' އާއި އެކު ކުރެވުނު އެއްބަސް ވުމަކާއި ގުޅިގެން އުފެދުނު ކުންފުންޏެކެވެ. މިއަދު ކަލާރބެންކަކީ އަޒްކޯ ނޮބެލްގެ 'ސިކަންސް' ބްރޭންޑް އަދި ޖޯޓަންގެ މެރިން ޕެއިންޓްސް ފަދަ ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ޕެއިންޓް ބްރޭންޑްތައް ރާއްޖެއައް އެތެރެކުރަމުން ގެންދާ ހަމަ އެކަނި ކުންފުންޏެވެ. އަދި 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް ރާއްޖެއަށް އެތެރެކުރާ މަގުބޫލް ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް