ފޮރިން މިނިސްޓަރު އާސިމް ބޮސްނިއާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ރަސްމީ ދަތުރުފުޅެއްގައި ބޮސްނިއާ އަަށް ފުރާވަޑައިގެންފި އެވެ. ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ވަރުގަދަ ކުރުމާއި ގުޅޭގޮތުން...

16 Apr 2018 | 03:30

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ރަސްމީ ދަތުރުފުޅެއްގައި ބޮސްނިއާ އަަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރާ ދަތުރުފުޅެއް ކަމަށެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރުގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިންނާއި ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ޖެނީވާގައި ހުންނަވާ އދ. އޮފީހުގެ ދާއިމީ މަންދޫބު ޑރ ހާލާ ހަމީދާއި، ފަސްޓް ސެކްރެޓަރީ އައިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނަވަ އެވެ.

ރާއްޖެއާއި ބޮސްނިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އެގައުމުގެ މިނިވަންކަން ގަބޫލު ކުރުމަށްފަހު 27 ޖެނުއަރީ 1997 ވަނަ އަހަރު އެވެ.

މިދިޔަ މަހު މިނިސްޓަރު ވަނީ ގުޅުން ބަދަހި ކުރުމުގެ ދަތުރެއްގައި ކުވައިތަށް ވަޑައިގެންފަ އެވެ. އަދި މުޅިން އަލަށް އައިވަރީ ކޯސްޓާއި ޒެމްބިއާ އާއި އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވެ އެވެ.

މި ގުޅުންތައް ގާއިމް ކުރަމުން މިދަނީ އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ކުދި ގައުމުތަކުގެ ތާއީދު ހޯދުމަށް ކެމްޕެއިނެއް ފަށާފައިވާ ދުވަސް ވަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް