ކިއުކަމްބާއިން ހިތި ރަހަ ފިލުވާނެ ފަސޭހަ ގޮތްތަކެއް!

ކިއުކަމްބާގައި ހިތި ރަހަ ލާތި ބައެއް ފަހަރު ކާހިތް ކަނޑުވާލިޔަސް އޭގައި އެލާ ހިތި ރަހައަކީ ހަށިގަނޑަށާއި ހާއްސަކޮށް ހަނގަޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ކިއުކަމްބާގައި ހިތިރަހަލަނީ އޭގައި އެކުލެވޭ...

16 Apr 2018 | 03:05

ކިއުކަމްބާގައި ހިތި ރަހަ ލާތި ބައެއް ފަހަރު ކާހިތް ކަނޑުވާލިޔަސް އޭގައި އެލާ ހިތި ރަހައަކީ ހަށިގަނޑަށާއި ހާއްސަކޮށް ހަނގަޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ކިއުކަމްބާގައި ހިތިރަހަލަނީ އޭގައި އެކުލެވޭ ކިއުކާބިޓޭޝަން ކިޔާ ކެމިކަލެއްގެ ސަބަބުން ނެވެ. އަނެއްބައި ފަހަރު ކިއުކަމްބާ މާ އަވަހަށް ވެލުން ކެނޑުމުންވެސް އޭގައި ހިތި ރަހަ ހުންނަ ގޮތްވެ އެވެ.

ފަސޭހައި ކިއުމަންބާއިން ހިތިރި ކަނޑުވާލުމަށް އޭގެ މައްޗާއި ފޫ ކަނޑާލާށެވެ. އޭރުން ހުދު ފާޑުގެ ދިޔާ އެއްޗެހި ތަކެއް ނުކުންނާނެ އެވެ. އެ ދިޔަތަކަކީ ކިއުކަމްބާގައި ހިތި ރަހަ ލައްވާ ކެމިކަލްތަކެވެ. އިރުކޮޅަކު އެ ދިޔަތައް ނުކުންނަންދެން މަޑު ކުރުމަށް ފަހު ކިއުކަމްބާ ރަނގަޅަށް ފެނުން ދޮވެލާށެވެ. އޭރުން ކިއުކަމްބާގައި ހުންނަ ހިތި ރަހަ ފިލާނެ އެވެ

ދެވަނައަށް ހިތި ރަހަ ފިލުވަން މިބުނެދޭ ގޮތަކީ މާ އާންމު ގޮތެއް ނޫނެވެ. އެކަމަކު މިގޮތުން މާ އަވަހަށް ހިތި ރަހަ ފިލާ ކަމަށްވެ އެވެ. ކިއުކަމްބާ ދެފަޅިއަށް ފަޅާލާށެވެ. ފަޅާލުމަށްފަހު ދެ ފަޅީގައި ލޮނުކޮޅެއް ހާކާލާށެވެ. އޭރުން އޭގެން ހުދު ކުލައިގެ ފޯމް ފާޑަށޤ ހުންނަ އެއްޗެއް ނުކުންނާނެ އެވެ. ދެތިން ތަނަކުން ކިއުކަމްބާ ފަޅާލުމަށް ފަހު އެހެން ހަދާށެވެ. އޭރުން ވަރަށް އަވަހަށް ހިތިރަހަ ފިލާނެ އެވެ.

އެންމެ ފަސޭހަ ގޮތަކީ މިއީ އެވެ. ކިއުކަމްބާ ފަޅީ ކުރުމުގެ ކުރިން ވަށައިގެން ބާރަށް އުލެއް ކާއްތާށެވެ. އޭރުން ހިތި ރަހަ ވަރަށް އަވަހަށް ފިލާނެ އެވެ. އެކަމަކު އެގޮތަށް އޫ ކޭއްތުމަށް ފަހުވެސް ކެއުމުގެ ކުރިން ކިއުކަމްބާ  ރަނގަޅަށް ދޮންނަން ހަނދާން ކުރަން ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް