ޓާޓާ ކުންފުނިން އެޅި ހުރިހާ ފްލެޓެއް ވިކިއްޖެ

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިޔާގެ ޓާޓާ ކުންފުނިން އެޅި ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓުތަކެއް ވިކިއްޖެ އެވެ. ފްލެޓު ލިބުނު ފަރާތްތަކަށް ލޯނު ހަމަނުޖެހުމާއި އެހެނިހެން ސަބަބުތަކާއި...

16 Apr 2018 | 03:00

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިޔާގެ ޓާޓާ ކުންފުނިން އެޅި ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓުތަކެއް ވިކިއްޖެ އެވެ.

ފްލެޓު ލިބުނު ފަރާތްތަކަށް ލޯނު ހަމަނުޖެހުމާއި އެހެނިހެން ސަބަބުތަކާއި ހެދި އެ ދެ ތަނުގައި އެޅި ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރީ 47 ފްލެޓެވެ. އެ ފްލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެޗްޑީސީން ރޭ ބުނީ އެހުރިހާ ފްލެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ސައްހަ ލިޔެކިޔުންތައް ހުށަހެޅި ފަރާތްތަކާއި އެކު ފްލެޓު ވިއްކުމުގެ މަރުހަލާ ކަމަށެވެ.

ދެވަނަ ފަހަރު ވިއްކަން ހުޅުވާލީ ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި ހުރި 10 ފްލެޓަކާއި ގާކޮށިން 37 ފްލެޓެ ކެވެ.

އޭގެން ކޮންމެ ފްލެޓެއް ވިއްކާފައިވަނީ ދެ މިލިއަން ރުފިޔާއަށް އެއްފަހަރާ ފައިސާ ދެއްކޭ ފަރާތްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް