ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތް އަކީ ވަރަށް ތަފާތު މީހެކެވެ.
އަމިއްލަ މަސައްކަތުން ފިލްމީ ކެރިއަރު ބިނާކޮށްފައިވާ ކަންގަނާ ގަބޫލު ކުރާގޮތުގައި އޭނާގެ ކުރިއެރުމަކީ ފިލްމީ އާއިލާއަކަށް ނިސްބަތްނުވުމެވެ. އަދި އޭނާ އާއި ގިނަ ތަރިންނާއި ގުޅުން ކުޑައީވެސް ކަންގަނާގެ މި ކާމިޔާބީގެ ސަބަބުންނެވެ.
ކަންގަނާ ސޯޝަލް މީޑިއާގައި ނޫޅެ އެވެ. އެކަމާ ގުޅޭގޮތުން ޓީވީ ޝޯއެއް ނިންމާލުމަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން އޭނާ ބުނީ ސޯޝަލް މީޑިއާގައި ނޫޅޭ ބައިވަރު ސަބަބު އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ އެއީ މީހާ ހަލާކުކޮށްލާ އެއްޗަކަށްވާތީ ކަމަށެވެ.
ކަންގަނާ ބުނެފައިވާގޮތުގައި އޭނާ އަމިއްލައަށް ބޭނުން ނުކުރާނަމަ ގާތް މީހަކާއި ހަވާލުކޮށްގެން ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމްގެ ރަސްމީ އެކައުންޓުތައް ހިންގުމަށް ބައެއް މީހުން ލަފާދެ އެވެ. އެކަމަކު އެއީ ސަޕޯޓަރުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ކަންގަނާ ދެކެ އެވެ.
އޭނާ ބުނީ އަމިއްލަ ބައިވެރިވުން ނުވާ ކަންކަމުގައި އޭނާގެ ނަމުގައި އެހެން މީހުން ބައިވެރި ކުރުވުމަކީ ގަބޫލު ކުރާ ކަމެއް ނޫންކަމަށެވެ.
ކަންގަނާ އާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ކުރަނީ އޭނާގެ މެނޭޖަރު އަދި ދައްތައެއް ކަމަށްވާ ރަންގޯލީ ޗަންދެލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް